ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރަކަށް ޖަމީލާ އަލީ އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި ކުރިއަށް ދިއަ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އަލީ ޚާލިދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.

ޖަމީލާ މި މަގާމަށް އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިއްތިފާގު ރުހުމާއެކުގައެވެ.

އިނގިރޭސިވިލާތުގެ ސަފީރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް ޚާރިޖީ ވަޒީރުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އާ ސަފީރު ޖަމީލާއަކީ ޚާރިޖީ ދާއިރާގެ ބޮޑެތި ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެގޮތުން މީގެކުރިން އޭނާ ވަނީ ޖަރުމަނުވިލާތަށް ރާއްޖޭން ކަނޑައެޅުއްވި ސަފީރުގެ މަގާމުގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްކަންވެސް ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް