ތިލަމާލެ ބްރިޖަކީ އިންޑިއާގެ ބޯޑަރުން ބޭރުގައި ހިންގާ އެންމެ ބޮޑު މަޝްރޫއު: ސަފީރު

 ތިލަމާލޭ ބްރިޖަކީ އަވައްޓެރި އިންޑިއާގެ ބޯޑަރުން ބޭރުގައި ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށާއި އެ މަޝްރޫއު ހަގީގަތަކަށްވާތީ އުފާކުރައްވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް ވިދާޅުވެއްޖެއެވެ.

މާލެއާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ މި ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ސަފީރުގެ އިތުރުން ވަޒީރުން ވަނީ މިއަދު ބައްލަވާލައްވާފައެވެ.

އިންޑިއާ ސަރުކާރުން ދަނީ ދިވެހި ސަރުކާރާއެކު ގާތުން މަސައްކަތް ކުރަމުން ކަމަށާއި، ބްރިޖުގެ މަސައްކަތް ނިމުމުން ދިވެހި ރައްޔިތުންނަށް އޭގެ ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މި ބްރިޖަކީ ދެ ގައުމުގެ ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި ސަރުކާރުން ދެއްވާ އިސްކަމާއެކު މާލެއާއި ވިލިމާލެ ގުޅާލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

 މި މަޝްރޫއުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ 2021 އޯގަސްޓުގައެވެ. އަމަލީ މަސައްކަތް ފެށީ 2 އޯގަސްޓު 2022 ގައެވެ.

މި މަޝްރޫއު ކުރިއަށްދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލޭ ބްރިޖުގެ މަސައްކަތްތައް އެއްކޮށް ނިންމާލުން ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް