ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިން ފަންޑުކޮށްގެން ކުރިއަށްގެންދާ، އދ. ފެންފުށީ ޕޮލިސް ޕޯސްޓް ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ޢިމާރާތުގެ ކޮންކްރީޓް ސްލެބް އެޅުމުގެ މަސައްކަތަށް މުޅިން ތައްޔާރުވެފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަަރޭޝަން (އާރުޑީސީ)އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ފެންފުށީގައި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރަށުގެ އިޖުތިމާއީ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ އެކި ރަށްރަށުގައި ޕޮލިސް ޕޯސްޓްތަކާއި ޕޮލިސް ސްޓޭޝަންތައް ޢިމާރާތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ޕޮލިސް ޕޯސްޓްތައް އެޅުމުގެ މަސައްކަތްތައް އެކި ކުންފުނިތަކާ ހަވާލުކުރެވިފައިވާއިރު، މި މަޝްރޫޢުގެ ދަށުން ފެންފުށީގައި ގާއިމުކުރާ ޕޮލިސް ޕޯސްޓަކީ އެ ރަށުގެ ރައްޔިތުންނަށް އަވަސް އަދި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ނިމުމާއެކު، ފިނިޝިންގ މަސައްކަތްތައް ފެށި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް