ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް 7 ފްލެޓް ކައިރީގައި ރޭ އިރާކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ ގޮތުން ދެ ކާރެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މަގުމައްޗަށް ވާގޮތަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ އަންހެން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ އަންހެން ކުއްޖާއަށް ވަނީ އަނިޔާވެފައެވެ. އަދި އަނިޔާވި 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި އަންނަނީ ފަރުވާދެމުންނެވެ.





