ރައީސް ޑރ. މުއިއްޒު

ދިވެހިރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ވީޑިއޯ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މި ޢިމާރާތަކީ ސިވިލް، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކް، ސޮފްޓްވެއަރ، އެއަރކްރާފްޓް، އެއިރޮނޮޓިކަލް، ރޮބޮޓިކްސް، އޭއައި އަދި ޑިޖިޓަލް އިންޖިނިއަރިންގ ހިމެނޭހެން މި ދާއިރާގެ ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭގޮތަށް ފަރުމާކުރެވޭނެ ތަނެއް ކަމަށެވެ.

މި ލެބޯޓަރީ ބިނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ހުރިހާ އިންތިޒާމެއް ދައުލަތުގެ ބަޖެޓުގައި ނުހިމަނައި ހަމަޖައްސަވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި މި ތަނަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނާއި ތަޙްލީލުތައް ކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭނެ ފެންވަރުގެ ލެބޯޓްރީއަކަށް ހެދުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް