ރައީސް މުއިއްޒު

ރާއްޖޭގެ ތަރައްޤީއަށް ދިވެހި އިންޖިނޭރުން ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.

އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިންޖީނިއަރިންގ ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުން ކަމަށާއި، ބޭރު މީހުންގެ ބަދަލުގައި އެކި ކަހަލަ އިންޖިނިއަރިންގ ފީލްޑްތަކުން ދިވެހިން ކިޔަވައިގެން ނުކުމެ ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދާއިރާގައި ދިވެހިންނަށްވުރެ ބިދޭސީން ގިނަކަމަށް ދަރިވަރުން ފާޅުކުރި ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ކުޑަ އާބާދީއެއް އޮންނަ ރާއްޖޭގައި އިންޖީނިއަރިންގ ދާއިރާއިން ކިޔަވާ ޒުވާނުންނަށް ވަޒީފާ ނުލިބެންޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން އެކަންކަން ހައްލުކޮށް، ދިވެހިންނަށް ފަސޭހަކަމާއެކު ވަޒީފާ ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެއިތުރުން، އިންޖިނިއަރިންގ ދާއިރާއަށް ދަރިވަރުން ޝައުޤުވެރިކުރުވުމަށާއި، ކިޔެވުމުގެ ފުރުޞަތުތައް ފުޅާކުރުމުގެ ގޮތުން ހައި އެޗީވާސް ސްކޮލަރޝިޕާއި ސްޓޫޑެންޓް ލޯނު ދިނުމުގައިވެސް މި ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް