އެކްސިޑެންޓް ހިނގި ސަރަހައްދު-- ފޮޓޯ: ވޮއިސް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް 7 ފްލެޓު ކައިރި ހިތިގަސްމަގުގައި ރޭ 9:00 ހާއިރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ނުވަ އަހަރުގެ އަންހެން ކުއްޖާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.

އެކްސިޑެންޓްވުމާއެކު ސައިކަލުގެ ފަހަތުގައި އިން ކުޑަކުއްޖާ މަގުމައްޗަށް ވެއްޓި ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، އެ ކުއްޖާ ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ހާލަތު ނުރައްކާތެރިވުމުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އެ ސައިކަލު ދުއްވަން އިނީ އަނިޔާވި ކުއްޖާގެ 18 އަހަރުގެ ބޮޑުދައިތައެވެ.

މި ހާދިސާ ހިނގާފައިވަނީ މަގުމައްޗަށް ވާގޮތަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން އުޅުނު މީހެއްގެ ގައިގައި ސައިކަލުން ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށްވެސް އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާދީފައިވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ ގޮތުން ދެ ކާރެއް މިހާރު ޓޯކޮށްފައިވާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް