ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި ހުންނަ ވިނަރެސް ޓަވަރު 7 ގެ ކުރިމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މަންޒަރު ދުށް މީހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްވި ވަގުތު ގަދަ އަޑެއް އިވިގެން ބެލިއިރު، ސައިކަލުގައި ހުރި މީހާ ވެއްޓިފައި އޮތް ކަމަށާއި، އޭނާގެ ބޮލުން ގިނަ އަދަދަކަށް ލޭ ފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އަދި ވެއްޓިފައި އޮތްއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ޓްރެފިކް ފުލުހުންނާއި ތަހުގީގު ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދު ބަންދުކޮށް، ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ. އަދި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށް އެމްބިއުލަންސްގައި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެ





