ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ކެފޭއެއްގެ ތެރޭގައި މީހެއްގެ ގައިގައި ޖަހައި، މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާަގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ 37 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނުގެ އިތުރުން، ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓު ހިމެނެއެވެ. ނަމަވެސް، ކޯޓުގައި އޭނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ މާރާމާރީގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް