އޭޑީކޭ ހޮސްޕިޓަލް

މާލޭގެ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ގޭސް ލީކުވުމުގެ ސަބަބުން ހާލު ސީރިއަސްވެގެން ފަރުވާދެމުންދާ 19 އަހަރުގެ އަންހެންކުއްޖާގެ ހާލު މިވަގުތަށް ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލުން ބުނީ، އެ ކުއްޖާއަށް ފަރުވާދެމުންދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި، ނަމަވެސް މިވަގުތަށް އޭނާގެ ހާލަތު އިތުރަށް ގޯސްނުވެ ރަނގަޅުވަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި ހާލުދެރަވި 19 އަހަރުގެ ޒުވާނާއާއި ނިޔާވި 51 އަހަރުގެ އަންހެންމީހާއަކީ ދެމައިންނެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ނިޔާވި ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51 އަހަރު) އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

މިއަދު ހެނދުނު 10:34 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާގުޅޭ ފަރާތްތަކާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިހާރު ދަނީ އިތުރަށް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް