ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފްލޭޝް ފްލަޑް ކާރިސާގައި އެއްވެސް ދިވެހި ރައްޔިތަކަށް އަސަރެއް ކޮށްފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ހާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ސަރަހައްދުގެ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ދިމާވި މި ހާދިސާގެ ހާލަތު ވަރަށް ގާތުން މޮނިޓަރު ކުރަމުންދާ ކަމަށެވެ. އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން، ނޭޕާލުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މި ކާރިސާގެ ސަބަބުން ގެއްލުމެއް ލިބިފައިނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ކާރިސާއާ ގުޅިގެން ނޭޕާލުގައި ތިބި އެއްވެސް ދިވެހި ރައްޔިތަކު އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ މައުލޫމާތެއް ސާފުކުރަން އެދޭނަމަ، ހާރިޖީ ވުޒާރާގެ ހޮޓްލައިން ނަންބަރު 7983400+ އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކުރައްވާފަ





