ކަސްޓަމްސް އާއި ބޭންކުތަކާ ދެމެދު ޓީޓީ ވެރިފިކޭޝަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން މޯލްޑިވްސް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) އެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އެމްއެމްއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ސޮއިކުރެއްވި އިރު، ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑައިރެކްޓަރުންނެވެ.

މި އެމްއޯޔޫގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް އިމްޕޯޓު އަދި އެކްސްޕޯޓުކުރާ މުދަލާ ގުޅިގެން ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި މުއާމަލާތްތަކުގެ މައުލޫމާތު، ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. މީގެ އިތުރުން، މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި އެތެރެކުރެވޭ މުދަލުގެ ތަފްސީލު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް، މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުން ވެސް ހިމެނެއެވެ.

އެމްއެމްއޭއިން މައުލޫމާތު ދެއްވާގޮތުގައި، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ އެންމެހައި މަސައްކަތްތައް ވިލަރެސްކުރަމުން ދާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް