ރ. މީދޫ ބަނދަރު ކޮނުމުގެ މަސައްކަތް ކުރިއަށް

ރ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ކޮނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ސަރުކާރުން 3 އޮގަސްޓް 2023 ގައި އެމްޓީސީސީއާ ހަވާލުކުރި 44.81 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ފަޅާއި ބަނދަރުގެ އެކި ސަރަހައްދުތަކުން ޖުމްލަ 45,883 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މި މަޝްރޫއުގެ ތެރޭގައި 215.60 މީޓަރުގެ ބޭރު ތޮށިލުމާއި، 172 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 203 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން 20 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 125 މީޓަރު ދިގު، 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 1,495 އަކަމީޓަރުގެ ޕޭވްމެންޓް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

އަދި ބަނދަރުގެ ބޭނުންތަކަށް ހާއްސަކޮށްގެން ރޭމްޕެއް ހެދުމާއި، 15 މީޓަރުގެ ދެ ބްރިޖު ގާއިމުކުރުމުގެ އިތުރުން، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް