އަމީނީ މަގުގެ ސެގްމަންޓް 1ގެ ސަބްގްރޭޑް ރިޕެއާ މަސައްކަތުގެ 90 އިންސައްތަ ނިމިއްޖެ

އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް 1 ގެ ސަބްގްރޭޑް ރިޕެއާ ކުރުމުގެ 90 އިންސައްތަ މަސައްކަތް މިއަދުގެ ނިޔަލަށް ވަނީ ނިމިފައެވެ.

ސަރުކާރުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއުގެ ތެރެއިން ސެގްމަންޓް 1 ގައި ބާކީ ހުރި ސަބްގްރޭޑްގެ މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މިއާއެކު، މަގުގައި ތާރުއެޅުމުގެ ކުރިން ކުރިއަށްގެންދާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ލޭޔަރ އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.

މި މަޝްރޫއަކީ އަމީނީ މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، މަގުގެ ފެންވަރު ރަނގަޅުކޮށް ދަތުރުފަތުރުކުރުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އޭބީސީ ލޭޔަރ އަޅައި ނިމުމުން، މަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތް ކުރިއަށްދާ މުއްދަތުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ސަމާލުވުމަށާއި، ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް