ނޭޕާލުގައި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވެ، އާންމުންގެ މުދަލަށާއި ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، މިއީ އިންތިހާއަށް ހިތާމައިގެ ވަގުތެއްކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ހާއްސަކޮށް ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް އިހްލާސްތެރި ތައުޒިޔާއާއި ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން، އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުން، މި ނުރައްކާތެރި ދަނޑިވަޅުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ ހިތްވަރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް