އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފި

ވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތައް ތަރައްގީކުރުމުގެ މަގުސަދުގައި މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މިއީ ތައުލީމާއި ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން އަމަލީ މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވާލާފައިވާ ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމުގެ ދަށުން 12 ދާއިރާއަކުން ޖުމްލަ 86 ފުރުސަތު ހުޅުވާލާފައިވާއިރު، ބައިވެރިންނަށް މަހަކު 8،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި:

  •  މެރިން މެކޭނިކް ޓްރެއިނީ: 8 ފުރުސަތު
  •  މެކޭނިކް ޓްރެއިނީ: 5 ފުރުސަތު
  •  ވެލްޑަރ ޓްރެއިނީ: 4 ފުރުސަތު
  •  ޓިންކަރ ޓްރެއިނީ: 5 ފުރުސަތު
  •  ފައިބަގްލާސް ޓެކްނީޝަން ޓްރެއިނީ: 4 ފުރުސަތު
  •  އޮޓޯމޮބައިލް މެކޭނިކް ޓްރެއިނީ: 4 ފުރުސަތު
  •  އޮޓޯމޮބައިލް އޭސީ / އިލެކްޓްރީޝަން / އެއާކޮންޑިޝަނިންގ / އިލެކްޓްރީޝަން ޓްރެއިނީ: ކޮންމެ ދާއިރާއަކުން 2 ފުރުސަތު
  •  ބަސް ޑްރައިވަރު ޓްރެއިނީ: 15 ފުރުސަތު
  •  ޓެކްސީ ޑްރައިވަރު ޓްރެއިނީ: 20 ފުރުސަތު
  •  ޕްރޮޖެކްޓް އޮފިސަރު ޓްރެއިނީ: 11 ފުރުސަތު

މި ތަމްރީނުތަކުގެ ތެރެއިން އަމަލީ ތަޖުރިބާގެ އިތުރުން މެންޓަރޝިޕާއި، ކަސްޓަމަރ ސާވިސް، ފަޔާ ސޭފްޓީ އަދި މަސައްކަތާ ގުޅޭ ހާއްސަ ތަމްރީނުތައް ފޯރުކޮށްދެވޭނެއެވެ. އަދި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެމްޓީސީސީން ދާއިމީ ވަޒީފާ ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ވެބްސައިޓުގެ ކެރިއާ ޕޭޖް މެދުވެރިކޮށް، ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް