އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން ރައީސް ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ދީފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. ރުހުން ދީފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އަރީފާ އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފަށެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަރވިއު ކުރުމަށްފަހު، %75 އަށްވުރެ މަތިން މާކްސް ލިބިފައިވާތީ ރުހުން ދޭން ފާސްކޮށް، ތަޅުމުގައި ވަކިވަކިން ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން މުޙައްމަދު އާރިފް އައްޔަންކުރަން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިިއިރު، އައިޝަތު އަރީފާ އައްޔަންކުރަން ވޯޓު ދެއްވީ 48 މެންބަރުންނެވެ.

ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭގެ ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރާއި ސީއީއޯގެ އިތުރުން، ޖެންޑަރ، ގަވަރނަންސް، މަދަނީ ޖަމްޢިއްޔާ، ސިޓީ އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ތަމްސީލުކުރާ މެންބަރުންނާއި މާލީ ވުޒާރާގެ މުވައްޒަފަކު ހިމެނިވަޑައިގަންނަވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް