އައިއެސްސީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކެމްބޯޑިއާއަށް ފުރާވަޑައިގެންފި

އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައިއެސްސީ) ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ކެމްބޯޑިއާގެ ފްނޮމް ޕެންއަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 28 ގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި މަޖިލީހުގެ ރައީސް "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫއަށް ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އިދާރީ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

އައިއެސްސީއަކީ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގެން، ސުލްހައާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަނުޖެހުންތައް ހައްލުކުރުމުގެ އިތުރުން ގުޅިފައިވާ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް