ވަޒަން

ވައިގެ މަގުން ރާއްޖެއައި އެމެރިކާގެ 36 އަހަރުގެ ކޮބޯލް ބްރިޓެއިން ނަމަކަށްކިޔާ މީހެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިންއެއް ފެނުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މި މެގަޒިން ފެނިފައިވަނީ މި އޮގަސްޓް މާހުގެ 24 ވަނަ ދުވަހު އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރުއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޮގަސްޓް 25 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް