ޚުތުބާ ކިޔުމާއި އިމާމުވެ ހުކުރުކުރުމުގެ ހުއްދަ 18 އަހަރު ނުވާ 91 ދަރިވަރަކަށް ދީފި

ޚުޠުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމުގެ ހުއްދަ އުމުރުން 18 އަހަރު ނުވާ 91 ދަރިވަރަކަށް އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

މިއީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ކުދިންނާއި ސްކޫލް ނިމިފައިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގާ "ޒުވާން ޚަޠީބުން" ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 5 ވަނަ ބުރު ނިންމި ދަރިވަރުންނެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ދަރިވަރުންނަށް ވަނީ ސަނަދު ހަވާލުކޮށްފައެވެ.

މިއަދު ސަނަދު ލިބުނު 91 ދަރިވަރުންނާއެކު، މާލެއާއި އައްޑޫ އަދި މާމިގިލީގައި ކުރިއަށްގެންދިޔަ ބުރުތަކުން ޖުމްލަ 296 ދަރިވަރުން ވަނީ މިހާތަނަށް ތަމްރީނުކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1,000 ޚަޠީބުން ތަމްރީނު ކުރުން ކަމަށްވާއިރު، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް