ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށްވެސް އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމުގެ އުސޫލަށް ރައީސް އޮފީހުން ގެނައި އިސްލާހާއެކު، 21 އަހަރު ފުރިފައިވާ ދިވެހިންނަށްވެސް ޑިއުޓީ ނުދައްކައި އަމިއްލަ ބޭނުމަށް ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނެއެވެ. ކުރިން މި ފުރުސަތު އޮތީ އުމުރުން 18 އަހަރު ފުރިފައިވާ ޓޫރިސްޓުންނަށް އެކަންޏެވެ.

އެތެރެކުރެވޭނެ މިންވަރާއި އިސްތިސްނާތައް

އާ އުސޫލުގެ ދަށުން ޑިއުޓީ ނުދައްކާ އެތެރެކުރެވޭނީ:

  • ގިނަވެގެން 200 ސިނގިރޭޓް

  • ގިނަވެގެން 20 ސުއްޓާ

  • ދުންފަތުގެ އެ ނޫން ބާވަތެއް ނަމަ ގިނަވެގެން 100 ގްރާމް (އަދި ދުންފަތް އޮޅަން ބޭނުންކުރާ ތަކެތި ވަކި މިންވަރަކަށް)

ނަމަވެސް، 2007 ވަނަ އަހަރު އުފަންވެފައިވާ މީހުންނަށް މި ލުއި ނުލިބޭނެއެވެ. އަދި ޝީޝާ، އީ-ސިނގިރޭޓް، އީ-ލިކުއިޑް އަދި ފްލޭވަރޑް ސިނގިރޭޓްގެ ބާވަތްތައް ޑިއުޓީ ނުދައްކައި ނުގެނެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް