ޑައިވިންގ ހާދިސާތަކުގައި ބޭނުންކުރާނެ "ޕޯޓަބަލް ހައިޕަރބެރިކް ޓްރާންސްޕޯޓް ޔުނިޓެއް" އެމްއެންޑީއެފްއަށް ހަދިޔާކޮށްފި

ޑައިވިންގ ހާދިސާތަކުގައި ބޭނުންކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް "ޕޯޓަބަލް ހައިޕަރބެރިކްސް ޓްރާންސްޕޯޓް ޔުނިޓެއް" ހަދިޔާކޮށްފިއެވެ. މި ޔުނިޓް ހަދިޔާކޮށްފައިވަނީ "ހައިޕަބެރިކްސް ޔޫރަޕް" އިންނެވެ.

އިންޓަގްރޭޓެޑް ހެޑްކުއާޓާޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ ފަރާތުން މި ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ޔުނިޓަކީ ޑައިވިންގ ކުއްލި ހާދިސާތަކާއި ސިއްޙީ އިމަޖެންސީތަކުގައި އަނިޔާވާ ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ޕްރެޝަރ ޗެމްބަރެއްގެ ގޮތުގައި ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ. ކަނޑުގެ ސަރަޙައްދު ބޮޑު ރާއްޖޭގައި ސިފައިން ހިންގާ ސަލާމަތީ އަދި އިމަޖެންސީ އޮޕަރޭޝަންތަކަށް މިއީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް