13 ޖޫން 2024 ގައި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި އިބްރާހިމް ޝިއުރީ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކޮށްފައި ނުވާއިރު، ޝިއުރީއަކީ މި ސަރުކާރުގައި ވިޒިޓް މޯލްޑިވްސްގެ އެމްޑީކަމަށް އައްޔަންކުރި ދެވަނަ ބޭފުޅާއެވެ.
ޝިއުރީ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އަންނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވްސް އިޔާ"ގެ ޝިއާރެއްގެ ގޮތުގައި ކަނޑައެޅި "އައިލެންޑާސް އާ އަސް" ސްލޯގަންއަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.





