ބ. މާޅޮހު ބަނދަރު މަރާމާތުކުރުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން، ބަނދަރުގެ ހިލަ ޕްރޮފައިލްކުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކެޕިންގ ބީމް އެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ 4.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 69.3 މިލިއަން ރުފިޔާ) ގެ މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2 މާރިޗު 2023 ގައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ މާޅޮހު ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ރަށުގެ ގިރާ ސަރަހައްދަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، އެއްގަމުތޮއްޓާއި ބޭރުތޮށި ގާއިމުކުރުމުގެ އިތުރުން ރޭވަ ކުރުމަށް ބޭނުންވާ ގާފާއްޗާއި ބަނދަރު ސަރަހައްދު ދިއްލުމަށް ބައްތި ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.



