ގަވާއިދާ ހިލާފުވެގެން އެކްސްޕްރެސް މަނީ އެކްސްޗޭންޖްގެ ލައިސަންސް ބާތިލުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަދާފައިވާ މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދާ ހިލާފުވުމުގެ ސަބަބުން، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސް އެ އޮތޯރިޓީން ބާތިލުކޮށްފިއެވެ.

މިއީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސްޕަވައިޒްކުރުމުގެ ތެރެއިން އެ ކުންފުނިން ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކުރެވިގެން އިއްޔެ އެމްއެމްއޭއިން އަޅާފައިވާ ފިޔަވަޅެކެވެ.

މި ނިންމުމާއެކު އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމުގައި ހުރިހާ ފަރާތްތަކުންވެސް ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައިވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ވަކިފަރާތަކަށް ބެލުމެއްނެތި ފިޔަވަޅު އަޅަމުންގެންދާނެކަމުގެ އިންޒާރުވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް