މާޅޮހު މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

ބ. މާޅޮހުގައި ތަރައްޤީކުރާ އާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ކޮލަމް މަސައްކަތްތަކާއި، ރޫފް ބީމް ޝަޓަރިންގ އަދި ރީއިންފޯސްމެންޓްގެ މަސައްކަތްތަކެވެ.

މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށްޓަކައި 10.75 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އެމްޓީސީސީން ފާހަގަކުރާ ގޮތުގައި، މި މިސްކިތުގެ މަސައްކަތް ފުރިހަމަވެގެން ދިއުމާއެކު، 775 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގެ ރައްޔިތުންނަށް އުމްރާނީ އަދި އިޖުތިމާއީ ގޮތުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް