އެމްއެމްއޭގެ ދެ ގަވާއިދަކަށް އާންމުންގެ ހިޔާލު ހޯދަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ދެ ގަވާއިދަކަށް އާންމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނާއި، ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއުޑެލިޖަންސް ރެގިއުލޭޝަނަށެވެ.

މީގެ ތެރެއިން ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނަކީ މާލީ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، އެފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ. އަދި ކަސްޓަމަރ ޑިއުޑެލިޖަންސް ގަވާއިދަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ހިދުމަތް ހޯދާ ފަރާތްތަކުގެ ވަނަވަރު ދެނެގަތުމާއި އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދެކެވެ.

މި ދެ ގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 26 އޮގަސްޓު 2026 ވާ ބުދަ ދުވަހުގެ ހަވީރު 15:00 އެވެ.

ޝައުގުވެރިވާ ފަރާތްތަކުން ހިޔާލު ހުށަހަޅަންޖެހެނީ  އީމެއިލް އެޑްރެހަށެވެ. މީގެއިތުރުން، މި ގަވާއިދުތަކާ ގުޅޭގޮތުން މާލީ އިދާރާތަކާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ ހިޔާލާއި މަޝްވަރާވެސް ހޯދުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް