މާރުކޭޓު ސަރަހައްދުގައި ހިނގި މާރާމާރިއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މާލޭގެ މަސް މާރުކޭޓު ސަރަހައްދުގައި ހިނގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، އެ ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 22:08 ހާއިރުއެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ދިވެހި ފިރިހެނަކު ވަނީ ބަންދަށް ނަގާފައެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. އަދި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް