އެމެރިކާގައި ހިންގާ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފި

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.

މި މަހުގެ 17 އިން 28 އަށް އެމެރިކާގައި ކުރިއަށްދާ "އައިވީއެލްޕީ އޮން ޑިމާންޑް ޕްރޮޖެކްޓް އޮން ކައުންޓަރިން އިލިސިޓް ފައިނޭންސް އެންޑް ޑްރަގް ޓްރެފިކިން" ތަމްރީނު ޕްރޮގްރާމުގައި ރާއްޖެ ތަމްސީލުކުރައްވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ބޯޑަރު ހުރަސްކޮށް ކުރާ މަސްތުވާތަކެތީގެ ވިޔަފާރިއާއި، މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ކެމިކަލްތައް އެތެރެކުރުން ހުއްޓުވުމަށް އެންމެ ފަހުގެ ޒަމާނީ އުކުޅުތަކާއި އުސޫލުތައް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މީގެއިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި ގަވާއިދާ ހިލާފު މާލީ މުއާމަލާތްތައް ތަހުގީގުކުރުމާއި، އެފަދަ މައްސަލަތަކުގައި ދައުވާކުރުމުގެ މަރުހަލާގައި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ޕްރޮގްރާމުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް