ޅޮހީ ޕޮލިސް ޕޯސްޓްގެ ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް ކުރިއަށް

ނ. ޅޮހީގައި ގާއިމުކުރާ ޕޮލިސް ޕޯސްޓުގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތްތައް ސައިޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މި މަސައްކަތުގެ އިމުގެ ތެރެއިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޯސްޓުތަކުގެ އިތުރުން ޑެސްކުތައް ގާއިމުކުރުމުގެ ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް ނިންމުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް