ބ. ކުޑަރިކިލު ސްކޫލުގައި އިމާރާތް ކުރަމުންދާ 4 ކްލާސްރޫމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހާމަކޮށްފިއެވެ.
އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ތެރެއިން ކޮންކްރީޓްގެ މަސައްކަތްތަކާއި، ގްރައުންޑް ފްލޯގެ ރޭނުމުގެ މަސައްކަތުގެ އިތުރުން ފުރާޅުގެ ޓްރަސް ހަރުކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފުރިހަމަކޮށް ނިންމާލާފައެވެ.
Project Update: Completion of 4 classrooms at B. Kudarikilu School
All concrete structures, ground floor block works and roof truss works are completed.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/tgffMXsCgd
— MTCC Plc (@MTCCPlc) August 18, 2026
މި މަޝްރޫއަކީ އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދީ، ދަރިވަރުންނަށް އެކަށީގެންވާ ޒަމާނީ ތައުލީމީ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 15 ސްކޫލެއްގެ އިމާރާތްތައް ތަރައްގީކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެމްޓީސީސީއާއެކު ސޮއި ކުރި ބޮޑު އެއްބަސްވުމުގެ ދަށުން، ކުޑަރިކިލު ސްކޫލުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 7 އެޕްރީލް 2025 ގައެވެ. މި މަޝްރޫއަށް ޖުމްލަ 8.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި ފިނިޝިން މަސައްކަތްތައް ނިންމައި، ތަނުގެ އަމަލީ މަސައްކަތްތައް މުޅިން ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.





