އެންސްޕާ

ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ ބެލެނިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމުގެ ދަށުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިދިޔަ މަހު 17 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ސްކީމުގެ ދަށުން 3،313 ބެލެނިވެރިންނަށް މާލީ އެހީތެރިކަން ދެމުންދާއިރު، އެހީ ލިބޭ ކުޑަކުދިންގެ ޖުމްލަ އަދަދު ވަނީ 5،687 އަށް އަރައިފައެވެ. މީގެއިތުރުން، މައިންބަފައިންގެ އެހީއެއް ނެތި އެހެން ފަރާތްތަކުން ބަލަހައްޓަމުންދާ 132 ކުޑަކުދިންނާއި 98 ބެލެނިވެރިންނަށް މިދިޔަ މަހު 181،000 ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ކޮންމެ މަހަކު އެންމެ ތަނަވަސްވެގެން ދޫކުރަނީ 12،000 ރުފިޔާއާ ހަމައަށެވެ. އެގޮތުން، ގޭގައި ހަތަރު ކުދިން ތިބޭނަމަ ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދޭއިރު، ހަތަރު ކުއްޖަކަށްވުރެ އިތުރުވާ ކޮންމެ ކުއްޖަކަށް ދޫކުރަނީ އިތުރު 1،000 ރުފިޔާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް