ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރު ސަމާއު އަހްމަދު ނަޖީބުގެ ދައުރު އޮކްޓޯބަރު މަހުގެ ތިނެކަށް ހަމަވާތީ، އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވާފައެވެ.
އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވާފައިވަނީ ޝައްމޫން ހަމީދު އަދި މިހާރުވެސް މެންބަރުކަމުގައި ހުންނެވި ސަމާއު އަހްމަދު ނަޖީބުގެ ނަމެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ދެ ނަން އިއްވެވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ރިޔާސަތުން ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވާފައެވެ.




