މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި--

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 450 ގްރާމްގެ ކެނަބިސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

މި މަހުގެ 5 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވިގެން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެ ފަސިންޖަރުގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ފަސިންޖަރުގެ ލަގެޖުން ފެނިފައިވަނީ ޖުމުލަ 450 ގްރާމްގެ ކެނަބިސް (ގަންޖާ) އެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ދަނީ ވައިގެ މަގާއި ކަނޑުގެ މަގުން ރާއްޖެއަށް އެތެރެވާ އުޅަނދުފަހަރާއި ފަސިންޖަރުންގެ މުދާ ފާސްކުރުމުގެ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިގޮތުން ފާއިތުވި ދުވަސްތަކުގައިވެސް ރާއްޖެއަށް އެކި މަގުތަކުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ސަމާލުކަމަށް އައިސް، ވަނީ އަތުލައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް