މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާން އާ ސުވާލުކުރެއްވުން

ސަރުކާރުގެ ތިން މިނިސްޓްރީއެއް (ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ) ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއަކީ ބަޔަކު ގަސްދުގައި ހުޅުޖަހައިގެން ހިންގާފައިވާ ކަމެއް ނޫން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙުސާން ވަނީ ހާމަކުރައްވައިފައެވެ.

ދިވެހި ފުލުހުންނާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ތަހުގީގު މިހާރު އެއްކޮށް ނިމިފައިވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކުގެ ތަފްސީލު ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި އިމާރާތް ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވުމުން، އެ ތިން މިނިސްޓްރީގެ ޚިދުމަތްތައް ވަގުތީ ގޮތުން މިހާރު ކުރިއަށްދަނީ ދަރުބާރުގޭގައެވެ.

މި ހާދިސާގެ ސަބަބުން ދައުލަތުގެ މުހިންމު ބައެއް ލިޔެކިޔުންތަކަށް ގެއްލުން ލިބުނު ނަމަވެސް، ރައްޔިތުންނާ ގުޅުންހުރި ގިނަ ޑޭޓާތަކެއް ބެކަޕް ކުރެވިފައި ހުރުމުގެ ސަބަބުން އެ ތަކެތި ވަނީ ރައްކާތެރިކަމާއެކު ސަލާމަތް ކުރެވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް