ފުލުހުންގެ ގާބިލުކަން އިތުރުކުރަން ނިއުޒީލެންޑު ސަފީރާއެކު މަޝްވަރާތަކެއް ކޮށްފި

ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުކުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ނިއުޒީލެންޑާއެކު މަޝްވަރާތަކެއް ވަނީ ބާއްވައިފައެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލަރ އަދި އިރެގިއުލަރ މައިގްރޭޝަން ލިއޭޒަން އޮފިސަރ، ޑިޓެކްޓިވް އިންސްޕެކްޓަރ ސޯނިއާ ޑަގްލަސްއާ މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ނިއުޒީލަންޑް ފުލުހުންގެ ފަރާތުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. މީގެއިތުރުން، ރޭވިގެން ހިންގާ ކުށްތަކާއި މާލީ ކުށްތައް ތަހުގީގުކުރުމުގައި ދެ ގައުމުގެ ފުލުހުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދުވެސް ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް