ހެލްތު މިނިސްޓަރު ގީލާ އަލީ

ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން 60 އިންސައްތައަކީ ބިދޭސީ ޑޮކްޓަރުން ކަމަށް، ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.

މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ ގިނަ އަދަދެއްގެ ބިދޭސީ ޚިދުމަތްތެރިންނާއެކު ކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ ޖުމްލަ އަދަދު އުޅެނީ 3،400 އަށްވުރެ މަތީގައެވެ.

ވޭތުވެދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ސިއްޙީ ދާއިރާގައި 12،000 އަށްވުރެ ގިނަ ޚިދުމަތްތެރިން މަސައްކަތްކުރެއެވެ. މީގެ ތެރޭގައި ރަށްރަށުގައި މަސައްކަތްކުރާ 7،000 އަށްވުރެ ގިނަ މުވައްޒަފުންނާއި، މާލޭ ސަރަޙައްދުގައި ހަރަކާތްތެރިވާ 5،000 އަށްވުރެ ގިނަ ޚިދުމަތްތެރިން ހިމެނެއެވެ.

ވަޒީރު ޤީލާ ވިދާޅުވީ ސަރުކާރުގެ އުންމީދަކީ އިތުރު ދިވެހިންނާއެކު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި، އެކަމަށްޓަކައި ޤައުމީ ޔުނިވަރސިޓީ މެދުވެރިކޮށް ތަމްރީނުތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ސްޕެޝަލިސްޓް ތަމްރީނުތަކަށްފަހު 16 ދިވެހި ޑޮކްޓަރަކު އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތާ ވަނީ ގުޅިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް