( އައިމިނާރަނި ހިނގުން) ބޮޑުތަކުރުފާނު މަގު، ފަޅުމަތީމަގު ދޭތެރެ މަގު މަރާމާތު ކުރުން.

މާލެ ސިޓީގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ 18 ސަރަހައްދެއްގެ މަގު މަރާމާތުކޮށްފިއެވެ.

ކައުންސިލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި 1 އިން 31 ގެ ނިޔަލަށް 25 މަގެއްގެ 33 ކާނުމަތި ވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި އުޅުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން 10 ސަރަހައްދެއްގައި ވަނީ ރޭންޕު ހަދައިފައެވެ.

މަގުތައް މަރާމާތުކުރުމުގެ އިތުރުން، މަގުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން 41 މަގެއްގައި ސްޕީޑް ބްރޭކަރުގެ 42 ނިޝާން އަދި 52 މަގެއްގައި ޒިބްރާ ކްރޮސްގެ 54 ނިޝާން ވަނީ ކުރަހައިފައެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މަގުތައް ހަދައި ނިޝާންތައް ކުރެހުމަކީ މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށާއި، މިއީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކައުންސިލުން އަބަދުވެސް އިސްކަންދީގެން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް