ނ. ކުދަފަރީ ހެލްތު ސެންޓަރުގެ އާ އިމާރާތް ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން، އިމާރާތުގެ ފައުންޑޭޝަން ޓައި ބީމް އެޅުމުގެ މަސައްކަތްތައް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ކުދަފަރީގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މިއީ ރަށުގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޖާގައާއި ވަސީލަތްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ މަސައްކަތެކެވެ.
Project Update: Construction of N. Kudafari Health Center Foundation Tie Beam works are ongoing at the project site. Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/S8ZeXrKgEC
— MTCC Plc (@MTCCPlc) August 9, 2026
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 20 ޖުލައި 2025 ގައެވެ. ޖުމްލަ 27.6 މިލިއަން ދިވެހި ރުފިޔާ (1.79 މިލިއަން ޔޫއެސް ޑޮލަރު) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މި މަޝްރޫޢު ނިމުމުން ކުދަފަރީގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.





