މާރާމާރީ ހިންގި މައްސަލައެއްގައި ޒުވާނަކު 45 ދުވަހަށް ބަންދުކޮށްފި

ޖަމާއަތް ހަދައިގެން މާރާމާރީ ހިންގައި ބައެއްގެ މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގދ. ގައްދޫއަށް ނިސްބަތްވާ 19 އަހަރުގެ ފިރިހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 45 ދުވަސް އިތުރުކޮށްފައެވެ.

ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

މި މައްސަލައިގައި ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނެނީ:

  • ހެކިބަސް ބަޔާންތައް

  • ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތައް

  • އިންޓެލިޖަންސް ރިޕޯޓް

  • އަނިޔާވި ކުއްޖާގެ މެޑިކޯ-ލީގަލް ރިޕޯޓް

މި މައްސަލައަކީ ޖަމާއަތް ހަދައިގެން މާރާމާރީ ހިންގުމާއި މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް