ނ. ހެނބަދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާކު ހުޅުވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ ކެނޑިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދުގެ އިތުރުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމްއެވެ.
މިއީ ރަށްރަށުގެ އިޖުތިމާޢީ ދިރުން އާލާކޮށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ފެނަކައާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި ރަސްމިއްޔާތުގައި އެ ރަށުގެ ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން ބައިވެރިވިއެވެ.
ނ. ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމްއެވެ. މި ރަސްމިއްޔާތުގައި މަޖިލިސް މެންބަރު މުޙައްމަދު ޢަފޫ ޙާމިދުގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކެނދިކުޅުދޫގައި ތަރައްޤީކުރި މި ޕާކަކީ އެ ރަށުގެ ކުޑަކުދިންނަށް ކުޅިވަރުކުޅެ، ހިތްހަމަޖައްސާލުމަށް ރައްކާތެރި އަދި ޒަމާނީ ފެންވަރުގެ މާޙައުލެއް ޤާއިމްކޮށްދިނުމުގެ ގޮތުން ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.



