ރާއްޖެއަށް މީގެ ކުރިން އެތެރެކުރި މަސްތުވާތަކެތީގެ ޕެކެޓްތަކެއް ކަސްޓަމްސް އިން އަތުލައިގެންފައި. -- ފައިލް ފޮޓޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ދިރުވާލައިގެން 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޖަމައިކާގެ 53 އަހަރުގެ އެންޑްރޫ ލޮއިޑް ކޯބިން ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

އޭނާގެ ހަށިގަނޑުން 1,180 ގްރާމްގެ 66 ބުލެޓް ކޮކެއިން ފެނިފައިވާއިރު، އޭނާއާ މެދު ޝައްކުކުރެވިގެން ސްކޭން ކުރުމުން ހަށިގަނޑުގައި މަސްތުވާތަކެތި ހުރި ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. މި މައްސަލައިގައި ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށްދީފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި، ބިދޭސީ މީހާ ހުރި ހޮޓަލަށް މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ދެ ދިވެހިން ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ތެރެއިން އެކަކީ ނ. ޅޮހި، ނޯރައިޓްސް، އިބްރާހީމް އަތޫފެވެ. ބިދޭސީ މީހާއަށް ވަޓްސްއެޕް މެދުވެރިކޮށް ލިބުނު މެސެޖުތަކުގައިވަނީ ހަށިގަނޑުން ބޭރުވާ ބުލެޓުތައް އެ ދެ މީހުންނާ ހަވާލުކުރުމަށް އަންގައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް