އއ. އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފެށުން

އއ. އުކުޅަހުގައި ތަރައްޤީކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ ފަށާފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުޙައްމަދުގެ އިތުރުން އުކުޅަހު ކައުންސިލްގެ ރައީސް އަލީ ވަހީދެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފާއި، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަދި ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި، އަންހެނުން ކަސްރަތު ކުރުމަށް ހާއްސަ ކޮޓަރިއަކާއި، ބޯޑް ގޭމްތަކާއި ގިނަ ކުޅިވަރުތައް ކުޅެވޭނެ ހޯލެއްގެ އިތުރުން ބައްދަލުވުންތައް ބާއްވާނެ ކޮޓަރިއެއް ހިމެނޭނެއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ގާއިމުކޮށް، އަތޮޅުތެރެއަށް ކުޅިވަރު ފުޅާކޮށް ގައުމީ ފެންވަރުގެ އެތުލީޓުން އުފެއްދުމަށް މަގުފަހިކޮށްދިނުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް