ބޮޑުތަކުރުފާނުމަގު އަލަށް ތަރައްގީކުރި ސަރަހައްދު

ޝަހީދު ހުސެއިން އާދަމް ބިލްޑިންގުން ފެށިގެން ދޮށިމޭނާ ބިލްޑިންގާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާއި ދިފާއީ ވުޒާރާގެ ބޭނުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދެއް ކަމަށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢު ނިންމުމަށްފަހު އެ ސަރަހައްދުގެ މަގު މިހާރު ވަނީ އާންމު ބޭނުމަށް ހުޅުވާލާފައެވެ. މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދިޔަ އިރު އެ ސަރަހައްދު ބޭނުންކުރި ފަރާތްތަކަށް ލަފާފުރުމުގައި ފަސޭހަވާނެހެން ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސާފައި އޮތް ނަމަވެސް، މަގު އަލުން ހުޅުވުމާއެކު އާންމު ބޭނުންތަކަށް ލަފާފުރާ ސަރަހައްދު މިހާރު ވަނީ ވަކިން ކަނޑައަޅާފައެވެ.

އާންމު އުޅަނދުފަހަރު ކައިރިކުރުން މަނާ

  • ޚާއްޞަ ކުރެވުނު ސަރަހައްދު: ފުލުހުންގެ މައި މަރުކަޒު (ޝަހީދު ހުސެއިން އާދަމް ބިލްޑިންގ) އިން ފެށިގެން ކޯސްޓްގާޑް ބިލްޑިންގ (ދޮށިމޭނާ ބިލްޑިންގ) އާ ހަމައަށް އޮތް ސަރަހައްދު މިހާރު ވަނީ ދިފާއީ ވުޒާރާގެ ބޭނުންތަކަށް ރަސްމީކޮށް ހަމަޖައްސާފައެވެ.

  • ފިޔަވަޅު އަޅަން ފެށުން: މިއަދުން ފެށިގެން އެ ސަރަހައްދުގައި ދިފާއީ ވުޒާރާގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް