މިދިޔަ މަހު ސްކޭމްތަކަށް 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެނަސްރުﷲ މުޙައްމަދު2 months agoFacebookXPinterestLinkedInWhatsAppTelegramSHAREFacebookTwitterLinkedInPinterestEmail މިދިޔަ ޖުލައި މަހުގެ ތެރޭގައި މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ ނުވަތަ ސްކޭމްގެ އެކި މައްސަލަތަކުގައި ދިވެހިންގެ އަތުން 1.37 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ. މިއީ ޖުލައި މަހުގެ ދުވަސްތަކަށް ބަހާލުމުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,604 ރުފިޔާގެ ނިސްބަތުން ގެއްލިފައިވާ ފައިސާއެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި ޖުމްލަ 180 ސްކޭމްގެ މައްސަލަ ފުލުހުންގެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ މައްސަލަތަކުގައި ހިމެނޭ މާލީ ގެއްލުމުގެ ޖުމްލަ އަދަދު 1,368,844.56 (އެއް މިލިއަން ތިން ލައްކަ ފަސްދޮޅަސް އަށް ހާސް އަށްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ފަންސާސް ހަ ލާރި) އަށް އަރާ ކަމަށް ފުލުހުން ފާހަގަކުރެއެވެ. މިފަދަ ސްކޭމްތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސް ސްކޭމްތަކާއި، ބޭރު ފައިސާ ގަނެވިއްކުމުގެ ނަމުގައި ހިންގާ މުއާމަލާތްތަކުގެ އިތުރުން އެކި ކަހަލަ ލިންކުތައް ބޭނުންކޮށްގެން ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ހިންގާފައިވާ ކަންކަމެވެ. ފުލުހުން ދަނީ މިފަދަ މާލީ ކުށްތަކުން ރައްކާތެރިވުމަށްޓަކައި އާންމުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ. ހާއްސަކޮށް، ނޭނގޭ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށާއި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިރުޝާދުދެއެވެ. އެންޓި ސްކޭމް ސެންޓަރުފުލުހުންރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށްކޮމެންޓް ކުރެއްވުމަށްގުޅޭ ލިޔުންތައްހައުސިން މިނިސްޓްރީގެ ހުޅުވާފައި ހުރިލޮކަރުތަކުން އެއްވެސް ލިޔުމެއް މަދެއްނުވޭ: ފުލުހުން2 hours agoބެންކޮކްގައި ފެންބޮޑުވި ނަމަވެސް ދިވެއްސަކަށް ގެއްލުމެއްވި ކަމުގެ ރިޕޯޓެއް ނުލިބޭ: އެމްބަސީ2 hours agoކުޅުދުއްފުށީ ޕޯޓަށް މިދިޔަ އަހަރު 12.3 މިލިއަންގެ ގެއްލުމެއް؛ މުސާރައަށް 13.3 މިލިއަން ހަރަދުކުރި5 hours ago
ބެންކޮކްގައި ފެންބޮޑުވި ނަމަވެސް ދިވެއްސަކަށް ގެއްލުމެއްވި ކަމުގެ ރިޕޯޓެއް ނުލިބޭ: އެމްބަސީ2 hours ago
ކުޅުދުއްފުށީ ޕޯޓަށް މިދިޔަ އަހަރު 12.3 މިލިއަންގެ ގެއްލުމެއް؛ މުސާރައަށް 13.3 މިލިއަން ހަރަދުކުރި5 hours ago