މަސްވެރި

މިދިޔަ ޖުލައި މަހުގެ ތެރޭގައި މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ޖޫން މަހު ދޫކުރި 11.3 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 339 އިންސައްތައިގެ އިތުރުވުމެކެވެ. މި މުއްދަތުގައި މިފްކޯއަށް މަސް ކިރުވި ދޯނިތަކުގެ އަދަދާއި ކިރުވި މަހުގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މުހިންމު ތަފާސްހިސާބުތައް:

  • މަސް ކިރުވި ދޯނި: ޖުލައި މަހު 822 ދޯންޏަކުން މަސް ކިރުވާފައިވާއިރު، މިއީ ޖޫން މަހުގެ 517 ދޯންޏާ އަޅާބަލާއިރު 59 އިންސައްތައިގެ އިތުރުވުމެކެވެ.

  • ކިރުވި މަހުގެ ޖުމްލަ: ޖުލައި މަހު ޖުމްލަ 2,474 ޓަނުގެ މަސް ކިރުވާފައިވެއެވެ. މިއީ ޖޫން މަހު ކިރުވި 568 ޓަނާ އަޅާބަލާއިރު 335.5 އިންސައްތައިގެ އިތުރުވުމެކެވެ.

މަހުގެ ބާވަތްތަކުން ތަފްސީލު:

  • ކަޅުބިލަމަސް: 539 ދޯނިން 2,400 ޓަނު ކިރުވިއިރު، ޖުމްލަ 47.9 މިލިއަން ރުފިޔާ ދޫކުރެވުނެވެ.

  • ކަންނެލި (10 ކިލޯއިން މަތި): 98 ދޯނިން 11.7 ޓަނު ކިރުވިއިރު، ޖުމްލަ 234,100 ރުފިޔާ ދޫކުރެވުނެވެ.

  • ކަންނެލި (15 ކިލޯއިން މަތި): 185 ދޯނިން 62.7 ޓަނު ކިރުވިއިރު، ޖުމްލަ 1.5 މިލިއަން ރުފިޔާ ދޫކުރެވުނެވެ.

މިފްކޯއިން ބުނި ގޮތުގައި ކުރިން މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް، މިހާރު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދަނީ ދޫކުރަމުންނެވެ. އަދި މަސް ގަންނަ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސް، ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް