ރާއްޖެއަށް މީގެ ކުރިން އެތެރެކުރި މަސްތުވާތަކެތީގެ ޕެކެޓްތަކެއް ކަސްޓަމްސް އިން އަތުލައިގެންފައި. -- ފައިލް ފޮޓޯ

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މާލެ ކޮމާޝަލް ހާބަރަށް އައި މުދާ އުފުލާ އުޅަނދެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަތް "މެތްއެމްފެޓަމީން" ގެ ބަރުދަނުގައި ޖުމްލަ 2.2 ކިލޯ (2,231 ގްރާމް) ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް