ބަނގުރާ ފުޅިއާއެކު ހައްޔަރު ކުރި 2 ބިދޭސީން

މާލޭގެ ތިން ތަނެއް ބަލައިފާސްކޮށް، 133 ބަނގުރާ ފުޅިއާއެކު ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އަންގާރަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:

  • މަމްނޫރް ރަހްމާން (27 އަހަރު): ބަންގްލަދޭޝް މީހެއް

  • އޮމެތަރަން ކަންދަސަމީ (26 އަހަރު): އިންޑިއާ މީހެއް

މި އޮޕަރޭޝަނުގައި އެ ދެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާއިރު، މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އެ ދެ މީހުން ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މާލެ ސަރަހައްދުގައި ބަނގުރަލުގެ މައްސަލަތައް އާންމުވެފައިވާއިރު، މީގެ ދެ ދުވަސް ކުރިންވެސް ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކޮށް، 17 ފުޅި ބަނގުރަލާއެކު ދެ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. އިމިގްރޭޝަނުން މިހާރު ދަނީ ކުށްތަކަށް އަރައިގަންނަ އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް