ގަމުން ގެއްލިގެން ހޯދާ 20 އަހަރުގެ ޒުވާނާ

ލ. ގަމުން 20 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

ގެއްލިގެން ހޯދަނީ ލ. ގަމު ތުނޑި، ކުރިބޯށި، އުމުރުން 20 އަހަރުގެ އަމްޖާޒު ޢަލީ އެވެ.  އާއިލާއާ ހަވާލާދީ ކައުންސިލުން ބުނެފައިވާ ގޮތުގައި އަމްޖާޒު ގެއްލިފައިވަނީ ރޭ ދަންވަރު 12:00 އިން ފެށިގެންނެވެ.

އަމްޖާޒުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9502503 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އޭނާގެ އާއިލާއިން ވަނީ އެދިފައެވެ.

މީގެ ކުރިންވެސް މިފަދައިން ގެއްލިގެން ހޯދަން އިއުލާނުކުރާ މީހުން އަވަހަށް ފެނިފައިވާކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް