އުދަ އަރާފާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މިއަދު އުދައަރާފާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު (ވައިޓް އަލާޓް) ނެރެފިއެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ހިމެނޭ ހުރިހާ ސަރަޙައްދަކަށް މިއަދު ސަމާލު ނެރެފައިވަނީ 11:30 އިން 15:30 އަށެވެ.

މެޓް އޮފީހުން ވިދާޅުވި ގޮތުގައި، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ރާޅު ބާނިތަކުގެ އުސްމިން މަތިވާނެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްތަކަށް އުދައެރުމުގެ ފުރުޞަތު ބޮޑުކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ލަފާކުރާ ގޮތުގެ ތަފްސީލު:

  • ރާޅުގެ އުސްމިން: 2 ފޫޓާއި 5 ފޫޓާ ދެމެދު.

  • ދެކުނުގެ އަތޮޅުތަކަށް ވައި: އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި.

  • އެހެން ހިސާބުތަކަށް ވައި: ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި.

  • ވިލާގަނޑުގައި ވައި: ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވޭ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ، ގެއްލުންތަކުން ރައްކާތެރިވުމަށާއި މުދަލަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް